ލިވަޕޫލާއި ސިޓީގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގު ނަގާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ޓީމްތައް ކަމަށްވާ ލިވަޕޫލް އަދި ސިޓީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
ފޯރިގަދަވާނެ ކަމަށް ބެލުންތެރިން ހީކުރި މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމ ކުޅުމެކެވެ. ލިވަޕޫލް އަދި ސިޓީއަށްވެސް މެޗުގައި އިދިކޮޅު ގޯލާ އަމާޒު ކޮށްލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ.
86 ވަނަ މިނެޓުގައި ސިޓީއަށް ވަނީ ޕެނަލްޓީއަކުން މެޗުގެ ކުރި ހޯދަން ވަރަށް ރަނގަޅު ފުރުސަތެއްވެސް ލިބިފައެވެ. ނަމަވެސް މަހްރޭޒް ފޮނުވާލި ޕެންލަޓް ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
މި މެޗު އެއްވަރު ވުމާއެކު ސިޓީ އަދި ލިވަޕޫލަށްވެސް ލިބުނީ ޖުމްލަ 20 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ސިޓީ ތާވަލުގެ 1 ވަނައިގަ އޮތް އިރު ލިވަޕޫލަށް ލިބެނީ ތާވަލުގެ 3 ވަނައެވެ. 2 ވަނައިގަ އޮތީ ލިވަޕޫލަށްވުރެ އިތުރަށް 1 ލަނޑު ޖެހި ޗެލްސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް