މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.
މިކަން އެމްޓީސީސީން އިއުލާންކޮށްފައިވަނީ ރޭ ދަންވަރު އެކްސްގައި އެކުންފުނިން ކުރި ޕޯސްޓެއްގައެވެ. މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ކުރި ޕޯސްޓް
އެމްޓީސީސީން ބުނީ، މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ބޭނުންކޮށްގެން ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. މިކަމަށްޓަކައި http://mtl.mtcc.mv ލިންކަށް ވަނުމަށްފަހު ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ދިއުމުން ދަތުރު ބުކްކޮށް ފައިސާ ދެއްކޭނެއެވެ.
މި ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެއެވެ. ސަރުކާރުގެ މި ޓެކްސީ ލައިނަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ފެށި މަސައްކަތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް