ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެދި އެމްޑީޕީން އަބްދުއްރަޙީމް ގެ އަރިހަށް
ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެދި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީން ހާމަ ކުރެއްވި ގޮތުގައި މި ބައްދަލުވުމުގައި، ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީ، މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އަދި، މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް އެމްޑީޕީގެ ފަރާތުން އިލްތިމާސް ކޮށްފައިވާކަމަށްވެސް ޕާޓިން ބުނެއެވެ.
20 ވަނަ މަޖިލީހުގައި، ޖުމުލަ 93 ގޮނޑިން 75 ގޮނޑި ކާމިޔާބުކޮށް، ޕީއެންސީއިން ސުޕަރމެޖޯރިޓީއެއް ހޯދާފައިވާއިރު، މަޖިލީހުގައި އެމްޑީޕީގެ ތިބެނީ 12 މެންބަރުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް