ގޭމް އޮފް ތްރޯންސްގައި މަރުވި މީހުން އެނބުރި އަންނަނީ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގޭމް އޮފް ތްރޯންސްގެ ކުރީގެ އަދި މިހާރުގެ ތަރިން އެކުލެވޭ ގޮތަށް ވަރަށް ހާއްސަ އެޕިސޯޑެއް ޝޫޓްކޮށް ނިމިފައިވާކަމަށް ނެޑް ސްޓާކްގެ ރޯލުން ފެނިގެންދާ ސޯން ބީން ހާމަކޮށްފިއެވެ.
އަޔަލެންޑުގެ ބެލްފާސްޓްގައި ގޭމް އޮފް ތްރޯންސްގެ އެންމެ ފަހު އެޕިސޯޑުގެ މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށާއި އެ އެޕިސޯޑުން ކުރީގެ ހުރިހާ ތަރިންވެސް ފެނިގެންދާނެކަމަށް ސޯން ބުންޏެވެ.
ދި ހޮލީވުޑް ރިޕޯޓާއަށް މައުލޫމާތު ދެމުން އޭނާ އިތުރަށް ބުނިގޮތުގައި ސީރީޒްގެ ހުރިހާ ތަރިންގެ ގުޅުން ވަރަށް ބަދަހި ކަމަށެވެ. ހުރިހާ ތަރިންވެސް ކޮންމެވެސް މަސައްކަތެއްގައި އަބަދުވެސް އުޅެނީ ދުނިޔޭގެ އެތަން މިތާނގަކަމަށާއި ނަމަވެސް އެކަކު އަނެކަކާއި ދިމާވުމުން އެންމެފަހުން ދިމާވެގެން އުޅުނުހާ ގާތްކޮށް އުޅޭކަމަށެވެ.
އަށް ސީޒަނަށް ފަހު ނިމުމަކަށް އަންނަ ގޭމް އޮފް ތްރޯންސް އަންނަ އަހަރު އާންމުންނަށް ފެނިގެންދާނެ ދުވަހެއް އަދި އެޗްބީއޯއިން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް