ހައްޔަރު ކުރެވުނު ދިވެއްސަކަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭތީ ތަރުޖަމާނަކު ހޯދަން އެދިއްޖެ
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް ހާޒިރު ކުރި ދިވެއްސަކަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ބުނުމުން އޭނާ އަށް ތަރުޖަމާނަކު ހަމަޖެއްސުމަށް ޝަރީއަތުން ފުރުސަތު ދީފިއެވެ.
ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލާގައި ހައްޔަރު ކޮށް، އެއް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރި އިރު ދިވެހިބަސް ނޭނގޭ ކަމަށް ބުނެފައިވަނީ އުމުރުން 29 އަހަރުގެ ހަސަން އަޖުއާންއެވެ.
އެއާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް ތަރުޖަމާނެއް ހޯދުމުގެ ފުރުސަތު ދީފައެވެ.
މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރަށްޓަކައި ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމަށް އަމުރު ކުރި އިރު އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް ފަރާތެއް ކަމަށް އެ އަމުރުގައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް