ކުރީގެ ރައީސް މައުމޫނާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ ކޯލިޝަން ދެމެހެއްޓެވުމަށް ރައީސް ސޯލިހު ކުރައްވާ ކަންކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ހުރިހާ ކަމަކާ ބެހޭ ގޮތުންވެސް އެއްބަސްވެވޭތީ އެކަމާއި ވަރަށް އުފާ ކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް