ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމާއި ސުއޫދު ދެކޮޅު!
ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމާއި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ދެކޮޅުކަން ހާމަކުރައްވައިފިއެވެ.
ފަނޑިޔާރުންގެ މުސާރަ އާއި ބެހޭގޮތުން ސުއޫދުގެ ޚިޔާލު ފާޅުކުރައްވާފައި މިވަނީ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުންގެ ބާރު އަލަށް ހުވާކުރާ މަޖިލީހަށް ދިނުމަށް މާލިއްޔަތު ކޮމިޓީއިން އިއްޔެ ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ސުއޫދު ވިދާޅުވި ގޮތުގައި މިވަގުތު ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމަށް ވުރެ މުހިއްމީ ކޯޓު ތަކުގެ ވަސީލަތްތައް ތަރައްގީ ކުރުން ކަމަށެވެ.
ފަނޑިޔާރުންގެ މުސާރަ އާއި މެދު ގޮތެއް ކަނޑައަޅަން އޮނިގަނޑެއް ކަނޑައަޅައި އެކަމާއި މެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ފަރާތުންނެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީއެއްގައި މީގެ ކުރިން ބުނެފައިވާ ގޮތުގައި ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ރިވިއުނުކުރާތާ އެތައް އަހަރެއްވުމުގެ ސަބަބުން މިހާރު ފަނޑިޔާރުންނަށް ލިބޭ މުސަރާއަކީ ދިރިއުޅުމުގެ ހަރަދުތަކާއި ފަނޑިޔާރުންގެ މަސްއޫލިއްޔުތަކާ އަޅާ ބަލާއިރު އެކަށީގެންވާ ވަރަށްވުރެ ކުޑަ މުސާރައެއް ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް