ރައީސް ނަޝީދު ފަތުރަމުންދަނީ ނުރައްކާތެރި ފިކުރެއް: ޑރ.އިޔާޒު
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަތުރުއްވަމުން ގެންދަވަނީ ނުރައްކާތެރި ފިކުރެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާ ޑރ.އިޔާޒް މިހެން ވިދާޅުވީ ޓްވިޓަރ މެދުވެރިކޮށެވެ.
އިޔާޒް ވިދާޅުވީ ރައީސް ނަޝީދު ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާ ނުރައްކާތެރި ފިކުރުތަކެއްކަމަށާއި މި ނުރައްކަލުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ޑރ.އިޔާޒް ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް