އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ދިވެހި ޓުވީޓާއެކު ދިވެހިން އުފަލުން ފޮޅިފައި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިއާގެ ބޮޑުވަޒީރު ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފިއެވެ.
ބޮޑުވަޒީރު ނަރެންދަރ މޯދީ ދިވެހި ބަހުން ކުރެއްވި ޓްވީޓްގައި ވަނީ ހިންދީ ލަވައެއްކަމުގައިވާ "ވައިޝްނަވް ޖާން ތޯ" އާއި ބެހޭގޮތުންނެވެ. މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާކަނަވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
އަދި މިލަވަ އިތުރަށް ތަފްސީލް ދެއްވަމުން ވިދާޅުވީ މިލަވަ އަކީ ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭލަވައެއް ކަމުގައެވެ.

މޯދީ މިޓްވީޓް ކުރެއްވިތާ މާގިނައިރުތަކއްނުވަނީސް ވަނީ ވަރަށް ގިނަ ލައިކްސް، ރީޓްވީޓްސް އަދި ކޮމެންޓްސް ލިބިފައިވެއެވެ.
ބައެއް ފަރާތްތަކުން މި ޓުވީޓު ސިފަކުރައްވަނީ މިއީ ނުރައްކާތެރި ސިފަ ސިގްނަލެއް ގޮތުގައެވެ. އެފަރާތްތަކުން ބުނާގޮތުގައި މިއީ ދިވެހިރާއްޖެއަށް އަތްގަދަ ކުރުމުގެ ނިޝާނެއްކަން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މި ލަވަ ކިޔާފައިވާ ޤައުމު ތަކަށް ނިސްބަތްކޮށް މޯދީ ވަނީ އެ ޤައުމެއްގެ ބަހުރުވައިން ޓުވީޓު ކުރައްވާފަކަން ފާހަގަކޮށްލަން ޖެހެއެވެ.
އިންޑިއާ އާ ރާއްޖެއާ ދެމެދުގެ ގުޅުން ވޭތުވެދިޔަ ދެތިން އަހަރު ތެރޭގައި ހީނަރުވެފައި ވީ ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު ދެ ގައުމުންވެސް ދަނީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭތޯ މަސައްކަތް ތަކެއްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް