ޑައިވިންއަށް ދިޔަ ބަޔަކު ގެއްލިގެން ހޯދަނީ، އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޑައިވިނަށް ދިޔަ ބަޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުނީ މިއަދުގެ 13:45 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު އެކަކު މިހާރު ފެނިފައިވާއިރު، ފެނުނުއިރު އޭނާ އޮތީ މަރުވެފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިޓަލީ އަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް