ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މެރި މައްސަލާގައި ތަހުގީގެެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫ ސިޓީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މެރި މައްސަލާގައި ތަހުގީގެެއް ފަށައިފި އެވެ.
އެކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ފުލުހުން ބުނީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ މަހާއި ދޫނިތައް މަރުވަމުންދާ މައްސަލަ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލާގައި ތަހުގީގެއް ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ހުޅުދޫ ޑަކް ޕާކުގައިވާ ފެންގަނޑުތަކުގައި އުޅޭ މަސްތައް ވަނީ މަރާލާފަ އެވެ. އަދި އެ ޕާކުގައި އުޅޭ ގިނަ އަދަދެއްގެ ދޫނިތައް ވެސް ވަނީ މަރާލާފަ އެވެ. ބެލެވެނީ ވިހައެއް ދީގެން މަރާލާފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން ކައުންސިލާއި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް