މާވެޔޮ މިސްކިތް އަލުން ހުޅުވަނީ!
މާވެޔޮ މިސްކިތުން މަޝްހޫރު މަސްޖިދުލް ބަހާއުއްދީން މިރޯދަ މަހުގެ ތެރޭގައި ހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކުރިން ދެބުރިއަށް ހުރި މިމިސްކިތް ތަޅާލުމަށް ފަހު ހަދަމުން ދަނީ ހަތް ބުރިއަށެވެ.
ލިފްޓް ހަރުކުރެވިފައިވާ މި މިސްކިތުގައި އެއްފަހަރާ 1500 އަށްވުރެ ގިނަ މީހުނަށް ނަމާދުކުރެވޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާގޮތުގައި މާވެޔޮ މިސްކިތް މިރޯދަ މަހުގެ މެދުތެރޭގައި ހުޅުވިގެންދާނެއެވެ.
މިއީ އަމިއްލަ ފަރާތެއް ހަރަދުކޮށްގެން އަޅަމުންދާ މިސްކިތެކެވެ.
މިއަހަރުގެ ރޯދަމަހަށް މިހާތަނަށް ވަނީ ތިން މިސްކިތެއް ހުޅުވާފައެވެ. އޭގެތެރޭގައި އަމިއްލަ ފަރާތްތަކުން އަޅާދީފައިވާ މިސްކިތްތައްވެސް ހިމެނެއެވެ.
ނޯޓް: ކުރިން ލިޔުމުގައި މިސްކިތް އަޅަނީ ސަރުކާރުގެ ހަރަދުގައި ކަމަށް ބުނެވިފައިވާނީ ކުށަކުންނެވެ. މާވެޔޮ މިސްކިތް އަޅަނީ އަމިއްލަ ފަރާތެއްގެ ހަރަދުގައިކަން ފާހަގަކޮށް މި ކުށަށް މާފަށް އެދެމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް