N/A
N/A
ހަބަރު 04 Nov 2018 | 12:42

މަހުލޫފް ހައްޔަރުކުރީ ގާނޫނާއި ހިލާފަށް: ހައިކޯޓު

މިދިޔަ ފެބްރުއަރީ މަހުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހައްޔަރުކުރީ ގާނޫނާއި ހިލާފަށްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން މަހުލޫފް ހައްޔަރުކުރީ ޕެޕަރ ސްޕްރޭއިން ސަލާމަތްވުމަށްޓަކައި އާންމުންނަށް މާސްކް ބަހަމުން ދަނިކޮށެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން މަހުލޫފް ހައްޔަރުކޮށްފައިވަނީ ގާނޫނާއި އެއްގޮތަށްކަމަށް ބުނެފައެވެ. ނަމަވެސް މިހުކުމް މަހުލޫފުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމްގަައި ބުނެފައިވަނީ މަހްލޫފް ހައްޔަރުކޮށް ބަންދުކޮށްފައި ބެހެއްޓީ ރައްޔިތުން މަޖިލީހުގެ އިމްތިޔާޒްގެ ޤާނޫނާއި ހިލާފަށް ކަމަށެވެ.

މާސްކް ބެހި މައްސަލައިގައި މަހުލޫފް ހައްޔަރުކޮށްފައިވަނީ 22 ފެބްރުއަރީ ވީ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ސަރަހައްދުންނެވެ. މި މައްސަލައިގައި މަހުލޫފް ވަނީ 43 ދުވަސް ޖަލު ބަންދުގައި ހޭދަ ކުރައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން މަހުލޫފް ހައްޔަރުކުރި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އެއްވެސް މާއްދާއަކަށް އަމަލުކުރުން ހުއްޓާލާފައި ނުވާތީ ކުއްލި ނުރައްކަލުގެ ގަރާރުގެ ދަށުން މަހްލޫފް ހައްޔަރު ނުކުރެވޭނެ ކަމަަށް އެބޭފުޅާގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ވަނީ ފާހަގަކުރައްވާފައެވެ.

މަހުލޫފް އަކީ އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން، އެ އިއްތިހާދުގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.