މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ މާފަންނުގައި ހުންނަ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ތޯތާޕަރީ / ސ.ހުޅުދޫ ، މުޙައްމަދު ނިޒާރު( 54އ) އެވެ.
އެމީހާ ފެނިފައިވަނީ މާފަންނު ދަކަންދާމަގު ގައި ހުންނަ ގެއެއްގެ ތެރެއިންނެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 13:01 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.
ފުލުހުން ބުނީ، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް