އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިފްތިތާާހުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "އެންޑޯމެޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިފްތިތާޙުކޮށްދެއްވައިފިއެވެ.
އެކަމަނާ މި ޖަމުޢިއްޔާ އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ރޭ މާގިރި ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އެންޑޯމެޓްރިއޯސިސްއަކީ އަންހެނުންނަށް މައްސަރު ކަންތަކުގައި ނުވަތަ ޕީރިއަޑު ވުމުގައި ދިމާވާ ވަރަށް ވޭންހުރި އާންމު ބައްޔެކެވެ. މި ބައްޔަކީ ކޮންމެ 10 އަންހެނުންގެ ތެރެއިން 1 އަންހެނަކަށް ޖެހޭ ބައްޔެކެވެ.
މި ޖަމުޢިއްޔާގެ މައިގަނޑު މަޤްޞަދަކީ މި ބަލި ޖެހުމުން ކަންތައްތައް ކުރަންވީގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ، މި ބައްޔާއިމެދު ގިނަ ބަޔަކު ހޭލުންތެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރޭ އިފްތިތާހު ކުރެވުނު މި ޖަމްއިއްޔާގެ ގަވާނިން ބޯޑުގައި އެންޑޯމެޓްރިއޮސިސްގެ ޝިކާރައަކަށް ވެފައިވާ ހަތަރު މީހުންގެ އިތުރުން މި ބައްޔަށް ފަރުވާކުރާ ޑޮކްޓަރުންވެސް ތިބެއެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް