މިޔަންމާއާ ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް: ރާއްޖެއަށް ނުރައްކަލެއް ނެތް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިޔަންމާއާ ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ މިޔަންމާ އަށެވެ.
މެޓް އޮފީހުން ބުނީ 7.6 މެގްނިޓިއުޑްގެ ބާރުގައި މި ބިންހެލުން އައީ ރާއްޖެ ގަޑީން ހެނދުނު 11:32 ގައި ކަމަށެވެ. ބިންހެލުން އައީ ރާއްޖެއާ 3121 ކިލޯ މީޓަރު ދުރުންނެވެ.
މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލޭ ކަމަށް ވެސް ބުންޏެވެ.
ބިންހެލުމާއި ގުޅިގެން މަގުތައް ކަނޑައިގެން ގޮަސް ބޮޑެތި ވަޅުގަނޑުތަކާއި ބާގަނޑުތައް ވަނީ ހެދިފަ އެވެ. އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަައް ވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް