މިރޭ މޫސުން ވަރަށް ގޯސްވެދާނެ، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ހއ އިން ފެށިގެން ގދ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
އެ ސަމާލު ނެރެފައިވަނީ މިރޭ 11 ޖެހުމާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއަދުގެ އެކި ވަގުތުތަކުގައި މާލެ ސަރަހައްދަށް ވެސް ބޯކޮށް ވާރޭވެހިފައިވެ އެވެ. މި ދުވަސްވަރު ކަނޑުތައް ވެސް ވަރަށް ގަދަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް