މޫސުން ގޯސްވެ ބައެއް ސަރަހައްދު ތަކަށް ސަމާލު ނެރެފި؛ ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. އެ ސަރަހައްދަށް ސަމާލު ނެރުނީ ހެނދުނު 8:45 އިން ފެށިގެން މެންދުރު 14:15 އާއި ހަަމައަށެވެ.
މެޓުން ބުނީ އެވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރެވެހުމާއި އެކު ގުގުރާނެ ކަމަށެވެ.
މޫސުން ރީތި ދުވަސް ތަކަކަށްފަހު މިއަދު ވިއްސާރަވެފައިވާއިރު "ވޮއިސް" އަށް މައުލޫމާތު ދެމުން މެޓުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ.
ނަމަވެސް ވައި މަޑުވެފައި ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.
މެޓުން ލަފާކުރާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު އެހެން ހިސާބުތަކަށް ވުރެ ބޮޑަށް މެދުރާއްޖެތެރޭ އަތޮޅުތަކަށް ވިއްސާރަ ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް