ހުޅުމާލޭ ހުރަވީ ސްކޫލްގައި ކާން އިން ކުއްޖަކު ނިޔާވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކާން އިން ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ ކާން އިންދައި ނިޔާވީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ޔަގީނެއް ނޫނެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، ހުޅުމާލޭގެ ހުރަވީ ސްކޫލުގެ ދަރިވަރަކަށް "ސިއްހީ ހާލަތެއް މެދުވެރިވެގެން" ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް