ސުމޫތީ މީރިއްޔާ މީތި ޓްރައިކޮށްލަންވާނެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސުމޫތީ އަކީ ހޫނު ދުވަސް ދުވަހު ކަރު ހިއްކުން ފިލުވާލަންވެސް ރަނގަޅު މީރު، އަދި ސިއްހަތަށް ފައިދާހުރި ބުއިމެކެވެ. މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދޭ ޕެޝަންފުރުޓް ސުމޫތީގެ ރެސިޕީއެވެ.
ބޭނުންވާތަކެތި
1 ޖޯޑު ޕެޝަން ފުރުޓް
1 ދޮންކެޔޮ (ކިޔުބްކޮށް ކޮށާފައި)
3 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް
1/2 ޖޯޑު އައިސް ކިޔުބް ( ފުނޑުކޮށްފައި)
2 މޭޒުމަތީ ސަމުސާ ހަކުރު ނޫނީ މާމުއި
އައިސް ފެން
ތައްޔާރުކުރާނެ ގޮތް
ހުރިހާ ތަކެތި މިކްސްޗަރަށް އެޅުމަށްފަހު ރަނގަޅަށް ހިމުންކޮށް މުގުރާލާށެވެ. ފެން ފޮދު އަޅާނީ މާބޮޑަށް އޮލަ ނަމައެވެ. ދެން ތަށްޓަކަށް އަޅާލުމަށްފަހު ޕެޝަން ފުރުޓު ކޮޅެއް ސުމޫތީ ގާނިޝް ކޮށްލަން އަޅާލެވިދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް