މިދިޔައަހަރު ބޭއްވި މެރެތޯން
މިދިޔައަހަރު ބޭއްވި މެރެތޯން
ހަބަރު 01 Jan 2026 | 10:32

އެމްއެންޔޫ މެރެތޯން 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި، ގްރޫޕް ރަޖިސްޓްރޭޝަނަށް ޚާއްޞަ ޑިސްކައުންޓެއް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއެންޔޫ މެރެތޯން 2026" އަންނަ ފެބުރުވަރީ މަހު ބޭއްވުމަށް ހަމަޖައްސައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދުވުމަކީ އެމްއެންޔޫގެ "ފަހި ޞިއްޙަތު" ޕްރޮގްރާމުގެ ދަށުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި، ދަރިވަރުންނާއި މުވައްޒަފުން އަދި އާންމުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.

13 ފެބުރުވަރީ 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މެރެތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ޚާއްޞަ އޮފާއެއްގެ ގޮތުން، ކޮންމެ 10 މީހެއްގެ ގްރޫޕަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެނކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ އިތުރުން "#𝐒𝐓𝐔𝐃𝐘𝐀𝐓𝐌𝐍𝐔" ކޫޕަން ކޯޑު ބޭނުންކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް https://marathon.mnu.edu.mv/ އަށް ޒިޔާރަތްކުރުމަށް އެމްއެންޔޫއިން އެދެއެވެ

ދުވުމުގެ ކެޓަގަރީތަކާއި ވަގުތުތައް:

1) ފުލް މެރެތޯން (42.2 ކިލޯމީޓަރު): ފަތިހު 02:00 ގައި ފަށާނެއެވެ. (ފީ: 450/500 ރުފިޔާ)

2) ހާފް މެރެތޯން (21.1 ކިލޯމީޓަރު): ފަތިހު 04:00 ގައި ފަށާނެއެވެ. (ފީ: 350/400 ރުފިޔާ)

3) 10 ކިލޯމީޓަރު: ހެނދުނު 05:30 ގައި ފަށާނެއެވެ. (ފީ: 250/300 ރުފިޔާ)

4) 5 ކިލޯމީޓަރު: ހެނދުނު 06:00 ގައި ފަށާނެއެވެ. (ފީ: 200/250 ރުފިޔާ)

5) ކިޑްސް ޑޭޝް (4-12 އަހަރު): ހެނދުނު 07:00 ގައި ފަށާނެއެވެ. (ފީ: 100/150 ރުފިޔާ)

ދުވުމުގެ ކުރިން ދޫކުރާ ރޭސް ކިޓް ދޫކުރުން އޮންނާނީ 11 އަދި 12 ފެބުރުވަރީ 2026 ގައި، އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން (ރަހުދެބައި ހިނގުން) ގައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި ބޮޑު މެރެތޯންގައި ބައިވެރިވެ، ދުޅަހެޔޮކަމުގެ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އެމްއެންޔޫއިން ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...