ހުޅުމާލެ ފޭސް 2 ގޯތި ދޫކުރުން: ނަންބަރު ދޫކުރުން ހުއްޓާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހުޅުމާލެ ދެވަނަ ފިޔަވަހިން އިން ގޯތި ވިއްކުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް ދިނުމާއެކު މިއަދު ގިނަ އަދަދެއްގެ ބަޔަކު ނަންބަރު ނެގުމަށާއި ފޯމު ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީ ގައި ދަނީ ކިއު ހަދަމުންނެވެ.
ދުވާލަކު 500 ނަންބަރު ދޫކުރާއިރު މިއަދު ފަތިހުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ކިޔުގަ ޖެހެމުންނެވެ.
ނަމަވެސް މިއަދަށް ހުށަހަޅަން ޖެހޭ 500 ފޯމް ހަމަ ވުމާއެކު މިހާރުވަނީ ފޯމް ދޫކުރުން މިއަދަށް ހުއްޓާލާފައެވެ. މިއާއެކު ފޯމް ނަގަން ގިނަ ކިއުގައި ތިބި މީހުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް އަޑު ގަދަކުރަމުންނެވެ.
ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ގޯއްޗެއް 400،000 ރުފިޔާއަށެވެ. ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބަކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެއެވެ.
މި ގޯތި ތަކަށް ހޮވޭ ފަރާތްތައް ހޮވާނީ ގުރުއަތު ނަގައިގެންނެވެ. ގުރުއަތުން ނެގުން ދަރުބާރުގޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ޓީވީ އިން ވަގުތުން ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް