ފްރާންސްގައި މޫނު ބުރުގާ އެޅުން ޤާނޫނީ ގޮތުން މަނާކުރުމަކީ ލާ އިންސާނީ އަމަލެއް: ޔޫއެން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފްރާންސްގައި މޫނު ބުރުގާ އެޅުމަކީ މަނާ ކަމެއް ކަމުގައި ޤާނޫނީ ގޮތުން ކަނޑައެޅުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށާއި އެއީ ލާ އިންސާނީ އަމަލެއް ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކަނޑައަޅާއިފިއެވެ.
ފްރާންސްގައި މޫނު ބުރުގާ އެޅުން ގާނޫނީ ގޮތުން މަނާކޮށް 2010 ވަނަ އަހަރު ކަނޑައަޅާއި މޫނު ބުރުގާ އަޅައިފިނަމަ ޖޫރިމަނާވެސް ކުރާ ގޮތަށް އެއަހަރު ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނަށް ރިއާޔަތްކޮށް ޔޫއެންގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުން ވަނީ އެއީ ލާއިންސާނީ އަމަލެއްކަމަށް ކަނޑައަޅާފައެވެ. އެ މަޖިލީހުންވަނީ ފްރާންސްއަށް 180 ދުވަހުގެ ތެރޭގައި ގޮތެއް ނިންމައި އެމަޖިލީހުގައި އެކަން ހިއްސާ ކުރުމަށް އަންގާފައެވެ.
ޔޫއެންއިން ފްރާންސްއާއި ދޭތެރޭ މިގޮތަށް އަމަލުކޮށްފައިވާއިރު ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުކުންނަ ފަރާތްތަކުން ވަޒީފާއިން ވަކިކުރާ ވާހަކައަކީ އާންމު ވާހަކައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް