ދިރާގުގެ ފަރާތުން 30 ގައުމަކަށް 30 މީހުނަށް ދިޔުމުގެ ފުރުސަތު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިރާގުގެ 30 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން 30 ފަރާތަކަށް 30 ގައުމަށް ދެވޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމުގައި ދިރާގުން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަނުން ނަސީބުވެރި 15 ފަރާތެއް ހޮވޭނެއެވެ. އަދި ހޮވޭ 15 ފަރާތަކަށް އިތުރު މީހަކު ގޮވައިގެން 30 ގައުމަކަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ. ފަސް ދުވަހުގެ ހުރުމުގެ ހަރަދާއި ޓްރެވަލް އިންޝުއަރަންގެ އިތުރުން 500 ޑޮލަރުވެސް ދަތުރުކުރާ ފަރާތްތަކަށް ލިބޭނެކަމަށް ދިރާގުން ހާމަކޮށްފައިވެއެވެ.
ދުބާއީ، ބާލީ، ސިންގަޕޫރު، މެލޭޝިއާ، ވިއެޓްނާމް، ޖަރމަނީ، ޖަޕާން، މިސްރު، ހޮލެންޑް، ކެމްބޯޑިއާ، އިނގިރޭސިވިލާތް އަދި ޗައިނާގެ މަންޒިލްތަކަށް ދަތުރުކޮށްލުމުގެ ފުރުސަތު މި ޕްރޮމޯޝަނުގެ ދަށުން ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް