އޮތެންޓިކް މޯލްޑިވްސްގައި ވިއްކަންހުރި ދިވެހި އުފެއްދުންތަކެއް... ފޮޓޯ: ވޮއިސް
އޮތެންޓިކް މޯލްޑިވްސްގައި ވިއްކަންހުރި ދިވެހި އުފެއްދުންތަކެއް... ފޮޓޯ: ވޮއިސް
ވިޔަފާރި 06 May 2025 | 10:38

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާ ކިއޯސްކްތަކާއި ސްޓޯލްތަކުގެ އަގުހެޔޮކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިމަހު ބާއްވަން ނިންމާފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބަހައްޓާ ކިއޯސްކްތަކާއި ސްޓޯލްތަކުގެ އަގުހެޔޮކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން މައުރަޒު އިންތިޒާމުކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ،  މައުރަޒުގައި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޤާއިމްކުރާ، ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

މާކެޓް ޕްލޭސްގައި، ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށް 20 ކިއޮސްކު ޚާއްޞަ ކޮށްފައިވާއިރު ބާކީ ކިއޮސްކުތައް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ކުރިން ހަމަޖެހިފައި އުސޫލަށް ބަލާއިރު މިއިން ކޮންމެ ކިއޮސްކެއްގެ އަގަކީ މައުރަޒް ކުރިއަށްދާ ކޮންމެ ދުވަހަކަށް 1،111 ރުފިޔާއެވެ. ނަމަވެސް މި ކިއޮސްކުތައް ވިއްކާ އަގަށް މިހާރު ގެނައި ބަދަލާއެކު ގޭގައި އަމިއްލައަށް މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކުމަށް ހަމަޖެހިފައިވަނީ، މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -444 ރުފިޔާއެވެ. އަދި އެނޫން ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކަނީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް 666 ރުފިޔާއަށްކަމަށް ބީސީސީން ބުނެއެވެ. މީގެ އިތުރުން ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް 3000 ރުފިޔާއާއި 4000 ރުފިޔާއާ ދެމެދުގެ ހެޔޮ ބަދަލެއް ވަނީ ގެނެސްފައެވެ.

ބީސީސީން ބުނީ ގޭގައި ތަކެތި އުފައްދާ އުމުރުން 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ކިއޮސްކުތަކަށް އެދެވޭނެ ކަމަށެވެ. މިކަމަށް އެދެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކަށް އެކަންޏެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެ ވިޔަފާރިތަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ބީސީސީން ބުނެއެވެ.

ސަރުކާރުން ވަނީ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު، މެއިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.  އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބީސީސީން ވަނީ، އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ.

ބީސީސީން ބުނީ މިއަހަރު ބާއްވާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައުރަޒު ވެގެންދާނީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެބޮޑު މައުރަޒުކަމަށެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި މިއަހަރު މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިއަހަރުގެ މައުރަޒު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި މެއިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
10 Oct 2026 ހަބަރު

ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ

ފޮރިން އިންވެސްޓްމަންޓް އައު އުސޫލުތަކާއެކު ރާއްޖޭގައި ބިދޭސީން ކުރަމުން އައި ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެއެވެ. އަލަށް އެކުލަވާލެވުނު ފޮރިން އިންވެސްޓްމަންޓްގެ އައު ޤާނޫނުގެ ދަށުން ބިދޭސީންނަ...

އުފެއްދުންތެރިކަމުގެ މަޢުރަޒުގައި 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
23 Sep 2026 ހަބަރު

އުފެއްދުންތެރިކަމުގެ މަޢުރަޒުގައި 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި

މިއަހަރުގެ އޮކްޓޫބަރު މަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒު ގައި ބައިވެރިކުރުމަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ...

ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
23 Sep 2026 ހަބަރު

ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި

ބޭރުގެ އިންވެސްޓްމަންޓާ ބެހޭ އައު ޤާނޫނުގެ ދަށުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން މިއަދު ޢާންމުކޮށްފިއެވެ. އެ ވުޒާރާއިން ނެރުނު...

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު؛ ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
14 Sep 2026 ހަބަރު

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު؛ ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒް 2026 ގެ ތެރެއިން ބާއްވާ ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ރަޖިސްޓްރީ ހުޅުވާލައިފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ، ދިވެހި ސަޤާފީ ފަންނުވެރިކ...

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
09 Sep 2026 ހަބަރު

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ

މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓޭވަރުގެ ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓ...

އަގުމަގު މެދުވެރިކޮށް މިހާރު ދެހާހަށްވުރެ ގިނަ ފިހާރައިން ވިއްކާ ތަކެތީގެ އަގުތައް ފެންނާނެ: މިނިސްޓަރު
22 Aug 2026 ހަބަރު

އަގުމަގު މެދުވެރިކޮށް މިހާރު ދެހާހަށްވުރެ ގިނަ ފިހާރައިން ވިއްކާ ތަކެތީގެ އަގުތައް ފެންނާނެ: މިނިސްޓަރު

ބާޒާރުގެ އަގުތައް އެއްތަނަކުން ފަސޭހައިން އެނގޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ވުޖޫދަށް ގެނައި "އަގުމަގު" ޕޯޓަލްގައި ގިނަ އަދަދެއްގެ ވިޔަފާރިތައް ރަޖިސްޓްރީކޮށްފިއެވެ. މިކަމާ ގުޅޭގޮތުން އިގްތިސާދީ ވަޒީ...