ސައުދީ ކޮންސިއުލޭޓު ތެރޭގައި ކަޝޯގީ މަރާލާފައިވާ ކަމުގެ ހެކި ފެނިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސައުދީ ކޮންސިއުލޭޓު ތެރޭގައި ކަޝޯގީ މަރާލެވިފައިވާ ކަމުގެ ހެކި ފެނިފައިވާކަމަށް ތުރުކީގެ އޮފީޝަލަކު ހާމަކޮށްފިއެވެ.
ދި އެސޯސިއޭޓެޑް ޕްރެސްއާއި ހަވާލާދީ ތުރުކީގެ މަންތީ ފަންތީގެ އޮފިޝަލެއް ބުނެފައިވަނީ ތުރުކީ ފުލުހުން ސައުދީ ކޮންސިއުލޭޓް ބަލާ ފާސްކޮށް ހެދުމުގެ ތެރޭގައި ނޫސްވެރިޔާ ކަޝޯގީ މަރާލެވިފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމުގައެވެ.
ފެނުނު ހެއްކާއި ބެހޭ ގޮތުން އިތުރު ތަފްސީލެއް ތުރުކީގެ އޮފިޝަލް ދީފައެއް ނުވެއެވެ.
ތުރިކީގެ އޮފިޝަލުން ގަބޫލު ކުރާ ގޮތުގައި ކަޝޯގީ މަރާލެވިފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޭނާގެ ކައިވެންޏާއި ގުޅޭ ލިޔެކިޔުން ތަކެއް ހޯދަމައް ދިޔައިރު ކޮންސިއުލޭޓު ތެރޭގައެވެ.
ނަމަވެސް ސައުދީއިން ވަނީ މިއަދާ ހަމައަށްވެސް މި ވާހަކަތައް ދޮގު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް