އޭޝިޔާގެ ބޮޑު ބޮޑީބިލްޑިންގް މުބާރާތެއް ރާއްޖޭގައި ބާއްވަނީ
އޭޝިޔާގެ ބޮޑު ބޮޑީ ބިލްޑިންގް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓެއްގައެވެ.
މަޚުލޫފް ވިދާޅުވީ 2020ވަނަ އަހަރުގެ އޭޝިޔަން ބޮޑީބިލްޑިންގް އެންޑް ފިޒީކް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި ބޮޑީ ބިލްޑިންގް އެސޯސިއޭޝަނާއި އެ އެސޯސިއޭޝަންގެ ރައީސް ކުރެއްވި މަސައްކަތަށް މަަޚުލޫފް ވަނީ ޝުުކުރު ދަންނަވާފައެވެ.
400 އަށްވުރެ ގިނަ އެތްލީޓުންނާއި އެކު މި އިވެންޓް މާލެއިން ބޭރުގައި ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް