ވިޔަފާރިމުދާ އުފުލަނީ- ފޮޓޯ/ ވޮއިސް
ވިޔަފާރިމުދާ އުފުލަނީ- ފޮޓޯ/ ވޮއިސް
ވިޔަފާރި 17 Jun 2026 | 07:37

އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު މަޑުޖެހުނު ނަމަވެސް، އަންނަ 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އައިއެމްއެފްގެ މިޝަން ޓީމަކުން ޖޫން 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ބަޔާނެއްގައެވެ. މި ޓީމުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޕިޔަޕޯން ސޮޑްސްރިވިބޫން އެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާތީ، 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 1 އިންސައްތައަށެވެ. ނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު ރަނގަޅުވާން ފަށައި، މެދު ރާސްތާގައި އިގުތިސާދީ ދުވެލި 4 އިންސައްތައިގައި ހުންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އައިއެމްއެފުން ބުނީ، ދާދި ފަހުން ދަރަނި އަދާކުރުމުގެ ސަބަބުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ޖުމްލަ ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި އަދިވެސް ހުރީ މަތީ މިންވަރެއްގައި ކަމަށެވެ. އަދި ބޭރުގެ ދަރަނި ދެއްކުމުގައި ހުރި ނުރައްކާ އަދިވެސް ބޮޑުކަން އެ އިދާރާއިން ފާހަގަކުރިއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ހަރަދު ކުޑަކުރުމުގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އައިއެމްއެފުން ލަފާދެއެވެ. ޚާއްޞަކޮށް، ސަބްސިޑީގެ ނިޒާމު މުރާޖާކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމާއި، ފޮރިން އެކްސްޗޭންޖް ރިޒާވް ބިނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
10 Oct 2026 ރިޕޯޓް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!

ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެ...

އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
23 Sep 2026 ވިޔަފާރި

އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗް ފަންޑުގެ ދަށުން މި އަހަރު ދޫކުރާ ގްރާންޓަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. އެމްއެމްއޭއިްނ ބުނީ ...

ރިޒާވް ދަށްވެ ކާޑާއި ބޭހާ ތެލަށް ދައްކާނެ ފައިސާއެއް ނެތް: ނަޝީދު
16 Sep 2026 ހަބަރު

ރިޒާވް ދަށްވެ ކާޑާއި ބޭހާ ތެލަށް ދައްކާނެ ފައިސާއެއް ނެތް: ނަޝީދު

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަން ޖެހޭ ބޮންޑު ދެއްކުމުން އެމްއެމްއޭގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް އަސާސީ ތަކެއްޗަށް ދައްކާނެ ފައިސާ ނެތް ހާލަތަށް ދާނެ ކަމަށް ކުރީގެ ރައީސް މ...

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި
16 Sep 2026 ހަބަރު

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ 18 ވަނަ ވަރޝަނުގައި ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްޞަ ކޯޑް ޕޮއިންޓެއް ކަނޑައަޅައިފިއެވެ. މި ސްޓޭންޑަރޑް ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ...

އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
15 Sep 2026 ހަބަރު

އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ

ހުސްވި އޮގަސްޓްމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 643.8 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ. އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް 6...

މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
09 Sep 2026 ހަބަރު

މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކާ އެކު މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިލްތިމާސ...