އެމްއެމްއޭ؛ ފޮޓޯ / ވޮއިސް
އެމްއެމްއޭ؛ ފޮޓޯ / ވޮއިސް
ވިޔަފާރި 23 Sep 2026 | 15:01

އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗް ފަންޑުގެ ދަށުން މި އަހަރު ދޫކުރާ ގްރާންޓަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

އެމްއެމްއޭއިްނ ބުނީ ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅޭނެ ކަމަށެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.

ގްރާންޓަށް ހުށަހަޅާ ޓީމެއްގެ އިސް ފަރާތެއްގެ ގޮތުގައި ހުންނަން ޖެހޭނީ މާސްޓާސް ޑިގްރީ ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް މީހެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އޭގެ އިތުރުން ޕީއެޗްޑީ ޙާޞިލުކޮށްފައިވާ ފަރާތްތަކުން ކުރިމަތިލުމަށް އެ އޮތޯރިޓީން ޚާއްޞަ ގޮތެއްގައި ބާރު އަޅައެވެ. ގްރާންޓް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އެމްއެމްއޭގެ ލަނޑުދަނޑިތަކާ ގުޅުން ހުރި ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކުގެ ދިރާސާތަކަށް ކަމަށް ވިޔަސް އެ ނޫން ދާއިރާތަކުން ވެސް ޕްރޮޕޯސަލް ބަލައިގަންނާނެއެވެ. އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި އިޤްތިޞާދީ ހަމަޖެހުމާއި މަނިޓަރީ ސިޔާސަތު މާލީ ދާއިރާގެ ވިލުންވެރިކަމާއި ޤާނޫނީ ނިޒާމު ޑިޖިޓަލައިޒޭޝަނާއި ފިންޓެކް ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދު އިސްލާމީ މާލިއްޔަތު ވަޒީފާގެ ބާޒާރާއި ތަޢުލީމީ ދާއިރާ ބޯހިޔާވަހިކަން އަދި ޞިއްޙީ ދާއިރާއާއި ދައުލަތުގެ ޚަރަދާއި އިޖުތިމާޢީ ރައްކާތެރިކަން ހިމެނެއެވެ.

މި ފަންޑަކީ ޢިލްމީ ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތު ބައްޓަންކުރުމަށް ބާރުއެޅުމާ އެކު ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހަމަޖެހުމަށް މަގުދައްކާ ފެންވަރު ރަނގަޅު ދިރާސާ ކުރިއެރުވުމުގެ މަޤުޞަދުގައި ޤާއިމުކޮށްފައިވާ ފަންޑެކެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްއެމްއޭގެ ރިސާޗް ކޮންފަރެންސްގައި މި ފަންޑު ރަސްމީކޮށް ތަޢާރަފުކޮށް 2025 ވަނަ އަހަރު ހިންގި ފުރަތަމަ ބުރުގައި ހަ ދިރާސާ ޕްރޮޕޯސަލަކާއި އެއް ފޮތް ގްރާންޓެއް ދީފައިވެއެވެ. މި އަހަރުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ އެމްއެމްއޭގެ ރިސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށް 13 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
10 Oct 2026 ރިޕޯޓް

ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!

ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރުފައިސާ ގަނެ ވިއްކުމާއި، އެކަން އިޝްތިހާރު ކުރުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ޤާނޫނަކުން މަނާކޮށް މިދިޔަ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ތަންފީޒުކުރަން ފެށި ނަމަވެ...

ރިޒާވް ދަށްވެ ކާޑާއި ބޭހާ ތެލަށް ދައްކާނެ ފައިސާއެއް ނެތް: ނަޝީދު
16 Sep 2026 ހަބަރު

ރިޒާވް ދަށްވެ ކާޑާއި ބޭހާ ތެލަށް ދައްކާނެ ފައިސާއެއް ނެތް: ނަޝީދު

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަން ޖެހޭ ބޮންޑު ދެއްކުމުން އެމްއެމްއޭގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް އަސާސީ ތަކެއްޗަށް ދައްކާނެ ފައިސާ ނެތް ހާލަތަށް ދާނެ ކަމަށް ކުރީގެ ރައީސް މ...

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި
16 Sep 2026 ހަބަރު

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ 18 ވަނަ ވަރޝަނުގައި ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްޞަ ކޯޑް ޕޮއިންޓެއް ކަނޑައަޅައިފިއެވެ. މި ސްޓޭންޑަރޑް ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ...

އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
15 Sep 2026 ހަބަރު

އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ

ހުސްވި އޮގަސްޓްމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 643.8 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ. އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް 6...

މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
09 Sep 2026 ހަބަރު

މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތައް ފާހަގަކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކާ އެކު މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިލްތިމާސ...

ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ހިންގާ މީހުންގެ މައުލޫމާތުދޭން އާންމުންގެ ކިބައިން އެދިއްޖެ
01 Sep 2026 ހަބަރު

ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ހިންގާ މީހުންގެ މައުލޫމާތުދޭން އާންމުންގެ ކިބައިން އެދިއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، މިފ...