ނަވާޒް ޖޭޕީގެ ފަރާތުން މަޖިލީހަށް ކުރިމަތިލަނީ
ކުރީގެ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި އަބްދުﷲ ނަވާޒް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
ނަވާޒް މިކަން އިއުލާންކުރައްވާފައިވަނީ އޭނާ ޖޭޕީއަށް ސޮއިކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަވާޒް ވިދާޅުވީ މިހާރުގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ކުރިން ހުންނެވި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވަން ޝައުގުވެރިވާ ކަމަށާއި ޖޭޕީން ޓިކެޓް ލިބިއްޖެ ނަމަ އެދާއިރާއަށް ވާދަކުރައްވާނެކަމަށެވެ.
ނަވާޒް ޖޭޕީއަށް ސޮއިކުރެއްވި ފޯމާއި އެޕާޓީގެ ފަރާތުން ހަވާލުވެ ވަޑައިގެންފައިވަނީ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް