ރައީސް ސޯލިހު އުމުރާގެ އަޅުކަން ފުރިހަމަކުރައްވައިފި
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުމްރާގެ އަޅުކަން އަދާކުރައްވައިފިއެވެ.
ރައީސް ޞާލިހް އުމްރާގެ އަޅުކަން ފުރިހަމަ ކުރައްވާފައިމިވަނީ ރޭގެ ވަގުތެއްގައިއެވެ. އެމަނިކުފާނު އުމްރާގެ އަޅުކަން އަދާކޮށްފައިމިވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގަ އެވެ.
އޯއައިސީ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ސައުދީ އަރަބިއްޔާގެ މައްކާގައެވެ.
މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް