ލިވާތުކުރިކަން ސާބިތުކުރުމަށް ހެކިން ދެއްކުމަށް ރައީސް ނަޝީދަށް ޑރ.އިޔާޒު ވިދާޅުވެއްޖެ
ދީނީ އިލްމުވެެރިން ސަލަފިއްޔާއަށް ގޮސް ލިވާތުކުރިކަމަށް ބުނެ ރައީސް ނަޝީދު ދެއްކެވި ވާހަކަ ސާބިތުކުރުމަށް ހެކިން ދެއްކުމަށް އެމަނިކުފާނަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު އަބްދުއްލަތީފު ގޮވާލައްވައިފިއެެވެ.
ޑރ.އިޔާޒު މިހެން ގޮވާލައްވާފައިވަނީ ޓްވިޓަރ މެދުވެރިކުރައްވައެވެ.
އެބޭފުޅާ ވިދާޅުވީ ޒިނޭ ނުވަތަ ލިވާތުގެ އިލްޒާމު މީހެއްގެ ބޮލުގައި އަޅުވައިފިނަމަ ހަތަރު ހެކިން ހާޒިރުކޮށް އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، ނޫން ނަމަ 80 އެތިފަހަރުން އެ މީހެއްގެ ގައިގައި ހައްދު ޖެހޭނެކަމަށެވެ.
މީގެ އިތުރުން ޝެއިޚް އަލީ ޒައިދުވެސް ވަނީ ނަޝީދުގެ މި ބަސްފުޅަށް ނުސީދާގޮތުން ފާޑުވިދާޅުވެފައެވެ.
އަދި ބައެއް މީހުން ދީނާ ޚިލާފު ކަންތައް ކުރާއިރުވެސް އެކަން މައްސަލައަކަށް ނުވެ އަތްތިލަބަޑި ޖަހާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް