ރޮނާލްޑޯ ނުލާ ކުޅުނު ޔުވެންޓަސް ލީގުގައި އަލަށް ބަލިވެއްޖެ
މި ސީޒަނުގެ ލީގުގައި ކުޅުނު މެޗަކުން ޔުވެންޓަސް ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ. އިޓަލީ ލީގުގައި ޖެނޯއާއައި ދެކޮޅަށް ޔުވެންޓަސް ކުޅުނު މި މެޗުން އެޓީމް ބަލިވެފައިވަނީ 2-0 ކުންނެވެ.
ސްކޮޑުގައި ރޮނާލްޑޯ ނުހިމަނާ ޔުވެންޓަސް ކުޅުނު މި މެޗުގައި ޖެނޯއާގެ ގޯލްތައް ޖަހާފައިވަނީ ސެޓެފާނޯ އަދި ޕަންޑޭވްއެވެ.
ޗެންޕިއަންސް ލީގުގައި އެޓްލެޓިކޯ މެޑްރިޑްއައި ދެކޮޅަށް ހެޓްރިކް ހަދާ ޔުވެންޓަސް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިން ރޮނާލްޑޯ މި މެޗަށް ނެރުން ސްކޮޑުގައި ހިމަނާފައިނުވަނީ އޭނާއަށް ރެސްޓް ދިނުމަށް ކަމަށް ބެލެވެއެވެ.
މި މެޗުން ބަލިވި ކަމުގައިވިއަސް ޔުވެންޓަސް އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގަ ހަމަޖެހިލާފައެވެ. އެއީ ދެވަނައިގަ އޮތް ނަޕޯލީއަށްވުރެ 18 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. 28 މެޗުން ޔުވެންޓަސްއަށް 75 ޕޮއިންޓް ލިބިފައިވާއިރު 27 މެޗުން ނަޕޯލީއަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް