މަހާ ޖައްރާފުން ގުޅީފަޅު ހިއްކައިގެން 138 މިލިއަން ރުފިޔާ ކުޑަކުރެވޭނެ: މުއިއްޒު
އެމްޓީސީސީގައި އޮންނަ މަހާ ޖައްރާފަށް ގުޅީފަޅު ހިންގުމުގެ މަޝްރޫއު ހެޔޮއަގެއްގައި ކުރިއަށް ގެންދެވޭނެކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މާލޭގެ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިންހިއްކުމަށް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއި ހަވާލުކުރުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.
ޑރ.މުއިއްޒު ވިދާޅުވީ އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކުރި ކަމުގައިވާނަމަ މަހާޖައްރާފު ބޭނުންކޮށްގެން އެންމެ ގިނަވެގެން 37މިލިޔަން ރުފިޔާއަށް ބިން ހިއްކައި ނިމޭނެކަމަށެވެ. އަދި ތޮށިލުމުގެ މަސައްކަތް ހަތް މިލިޔަން ޑޮލަރަށް ނިންމޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެންމެ ގިނަވެގެން 44 ( 678 މިލިއަން ރުފިޔާ) މިލިޔަން ޑޮލަރުން މި މަޝްރޫއު ނިމޭނެކަމަށާއި އެ ފައިސާ އޭރުން ލިބިގެންދާނީ ދިވެހިރައްޔިތުންގެ ކުންފުންޏަކަށް ކަމަށެވެ.އަދި އޭރުން 138 މިލިއަން ރުފިޔާ ކުޑަކުރެވިގެންދާނެއެވެ.
ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި މަސައްކަތަށް ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާއި އެކު 53މިލިޔަން ޑޮލަރުގެ (817 މިލިއަން ރުފިޔާ) އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮކްޓޯބަރ 17ވަަނަ ދުވަހުގައެވެ.
ގުޅީފަޅު ބިން އިތުރަށް ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 6 މިލިޔަން ކިއުބިކް ކިލޯމީޓަރ ހިއްކައި، 4 ކިލޯ މީޓަރުގެ ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް