ޖޯން ޓެރީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިހާތަނަށް ފުޓްބޯޅައިގެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިނގިރޭސި ވިލާތުގެ ޖޯން ޓެރީ 23 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ޓެރީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފައިވަނީ އޭނާގެ އިންސްޓާގްރާމް އެކައުންޓް މެދުވެރިކޮށެވެ.

ޓެރީގެ ކެރިއަރުގައި ހޯދާފައިވާ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ޗެލްސީއާއެކުއެވެ. އެގޮތުން 5 ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމާއި، 5 އެފް އޭ ކަޕް، 5 ލީގު ކަޕް، ޔޫރޯޕާ ލީގް އަދި ޗެންޕިއަންސް ލީގް ޗެލްސީއާއެކު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.
ވެސްޓް ހަމް ޔުނައިޓެޑުން ކެރިއަރު ފެށި ޓެރީ އޭނާގެ ކެރިއަރުގެ ފަހު އަހަރު ހޭދަކޮށްފާވަނީ އެސްޓަން ވިލާގައެވެ.
އިނގިރޭސި ގައުމީ ޓީމަށް 73 މެޗު އަދި ޗެލްސީއަށް 700 މެޗައަށް ވުރެ ގިނަ މެޗު ކުޅެދިން އިރު އޭނާ ވަނީ މި ދެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް