މަޖިލިސް އިންތިޚާބުގެ ވޯޓާސް ލިސްޓް މާދަމާ އާންމުކުރަނީ
މިއަހަރުގެ އޭޕްރީލްމަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓްލެވޭ ފަރާތްތަކުގެ ލިސްޓް މާދަމާ އާންމުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި އެޕްރީލްމަހުގެ ހަވަނަ ދުވަހު އޮންނަ މި އިންތިހާބު ގައި 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
ވޯޓާސް ލިސްޓް މާދަމާ އާންމުކުރާއިރު، މާދަމާއިން ފެށިގެން އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލެވޭނީ 2،454 މީހުންނަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް