އިކޮނޮމިކް މިނިސްޓްރީގެ ލިޔެކިޔުންތަކެއް ނައްތާލަމުން ދާ ވާހަކަ މިނިސްޓަރ ސައީދު މިއަދު ދޮގުކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިނިސްޓްރީ އޮފް އިކޮނޮމިކް ގެ ލިޔެކިޔުންތަކެއް ނައްތާލަމުން ދާ ވާހަކަ އިކޮނޮމިކް މިނިސްޓަރ ސައީދު މިއަދު ދޮގުކޮށްފި އެވެ.
މިނިސްޓަރް މިހެން ވިދާޅުވެފައި މިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ މިނިސްޓްރީގެ އިމާރާތަކުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކަކާއި ބައެއް އެހެން ސާމާނު ޕިކަޕަކަށް އަރުވައިގެން ގެންދާ ވީޑިއޯއެއްް މީސްމީޑިއާގައި އާއްމުވެ އެ ލިޔެކިޔުންތައް ނައްތާލަން އުޅުއްވާކަމުގެ ތުހުމަތު ތަކެއް ކުރެވެމުންދާތީއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ތަރުޖަމާނު އައިމިނަތު ނާދިޔާ އެކަމާ ގުޅިގެން މީގެކުރިން ވިދާޅުވީ އެއްވެސް ލިޔުމެއް ނައްތާލުމުގެ މަސައްކަތް ކޮށްފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ނަމަވެސް މިނިސްޓްރީ ބައެއް ލިޔެކިޔުންތައްގުދަނަށް ބަދަލުކޮއްފައިވާކަމަށެވެ. އަދި އެއީ މިނިސްޓްރީތެރެ ތަރުތީބު ކުރުމަށް ކުރެވެމުންްދާ ކަމެއް ކަމުގައި ނާދިޔާ ވިދާޅުވިއެވެ.
ދައުލަތުގެ ގިނަ އޮފީސްތަކަކުން ލިޔެކިޔުންތައް ނައްތާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށާއި ކޮރަޕްޝަންއަށް މަގުފަހިވާފަދަ ކަންކަން ކުރަމުންދާކަމުގެ ގިނަ އަދަދެއްގެ ތުހުމަތުތައް ދަނީ ސަރުކަރަށް އަމާޒުވަމުންނެވެ.
މިހެންކަމުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
ނަމަވެސް ސަރުކާރުން ވަނީ އެކަން ރަސްމީކޮށް ދޮގުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް