މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވަނީ
މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީގައި އޮންނަ ޕްރައިވެޓް އިވެންޓެއްގައި މިރޭ 22:30 ހާއިރު ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއް ހާއިރު ކަމަށާއި، މިއީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ތަފާތު މުނާސަބަތުތަކުގައި މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް