N/A
N/A
ހަބަރު 07 Nov 2018 | 01:55

އަހަންނަކީ ވަރަށް ދަށް މީހެއް: ޝާހްރުކް ހާން

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ބޮލީވުޑްގެ ރަސްގެފާނު ކަމުގައި ގިނަބަޔަކު ގަބޫލުކުރާ ޝާހްރުކް ހާންގެ ނުކުންނަން ހަމަޖެހިފައިވާ ފަހުގެ ފިލްމު "ޒީރޯ"ގެ ޓްރެއިލާ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އޭނައަކީ ވަރަށް ދައްމީހެއް ކަމުގައި ގަބޫލުކުރާކަމުގައި އޭނާ ބުނެފިއެވެ.

މާބޮޑަށް އަމިއްލަ ނަފަސައް އިތުބާރު ކުރުމަކީ އެންމެ ގޯސަކަންތައް ކަމުގައި ފާހަގަކުރަމުން ޝާހް ބުނީ ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަނީ އޭނާއަށް އިތުރަށް ރަނގަޅު ކުރެވެން ހުރިކަންކަން ރަނގަޅުކުރަން ކަމަށެވެ.

އެގޮތުން، މިސާލެއް ދައްކަމުން ޝާހް ބުނީ ބައެއްފަހަރު އޭނަގެ ހަގު ދަރިފުޅު ކައިރީ އެކުގައި އިށީންނަން އެދުމުން ބުނާ ގޮތެއް ނުހަދާ ކަމަށާއި އެކަހަލަ ވަގުތު ތަކުގައި އަމިއްލަ މީހާއަކީ 'ޒީރޯ' އެއް ކަމުގައި ހިތައްއަރާ ކަމަށެވެ.

ފިލުމުގެ މެސެޖަކީ ކޮބާކަމާމެދު ސުވާލުކުރުމުންވެސް ޖަވާބުގައި ޝާހް ބުނީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ތިމަންނަ އަކީ "ޒީރޯ" އެކޭ ހިތައްއަރާ ވަގުތުތައް އަންނާނެކަމަށެވެ.

ޓްރެއިލާ ލޯންޗްކުރުމުގެ ރަސްމިއަޔާތުގައި އޭނަގެ ސަޕޯޓަރުންނަށާއި، ފިލްމުގެ ތަރިންގެ އިތުރުން ފިލްމުގެ މަސައްކަތް ތަކުގައި އުޅުން އެންމެނަށް ޝުކުރު އަދާކުރަމުން ޝާހް ބުނީ މިި ފިލްމް ހެދުމަކީ ޑިރެކްޓަރ އަނަންދު ރާއީގެ ހުވަފެނެއްކަމަށެވެ.

ފިލްމް ހެދުނީ ޑިރެކްޓަރ އަނަންދު ރާއީގެ ބުރަ މަސައްކަތާއެކު ކަމަށާއި އޭގެ ސަބަބުން މަސައްކަތްކުރި އެހެންއެންމެނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށްވެސް ޝާހް ފާހަގަކުރިއެވެ.

މިފިލްމްގައި ޝާހްއައި އެކު ހަރަކާތްތެރިވާ ދެ އަންހެންތަރިންނަށް އިޝާރަތް ކުރަމުން ޝާހް ބުނީ އަނުޝްކާ އަދި ކެޓްރީނާއާއި އެެކު މަސައްކަތް ކުރާ ކޮންމެ ފަހަރަަކުވެސް ވަރަށް އުފާވާކަމަށެވެ.

ފިލްމުގެ މަސައްކަތް މިހާ ފަސޭހަކަމާއެކު ނިންމާލެވުނީ އެދެތަރިންނާއި ހެދި ކަމުގައިވެސް ޝާހް ފާހަގަ ކުރިއެވެ. އަދި މިދެތަރިންނަކީވެސް ވަރަށް ގާތް ކަމަށާއި އެހެންކަމުން ބައެއްފަހަރު އެމީހުންނައި ދިމާލައް ބައެއް ފަހަރު އެއްޗެހި ކިޔޭ ކަމުގައިވެސް ޝާހް ބުންޏެވެ.

''ޒީރޯ'' ރިލީސްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 21 ގައެވެ. މިހާރުވެސް ގިނަ ބަޔަކު ދަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...