ލިވަޕޫލްގެ ފޯވަޑް ޑިއޯގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސްޕެއިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ފުޓުބޯޅަ ކްލަބު ލިވަޕޫލްގެ ފޯވަޑް ޑިއޮގޯ ޖޮޓާ، 28 އަހަރުގައި މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ޖޮޓާ އޭނާގެ 26 އަހަރުގެ ކޮއްކޮ، ފުޓުބޯޅަ ކުޅުންތެރިޔާ އަންދުރޭއާ އެކު ދަތުރުކުރަމުން ދަނިކޮށެވެ.
އެމީހުން ދަތުރުކުރި އުޅަނދު މަގުން ކައްސާލައި، އެކްސިޑެންޓް ވެފައިވަނީ ސްޕެއިންގެ ޒަމޯރާ ޕްރޮވިންސުން ގޮސްފައިވާ އޭ-52 މަގުގައި ކަމަށް ބުނެފައިވެއެވެ.
ޑިއޮގޯ ޖޮޓާ މަރުވެފައި މިވަނީ އޭނާގެ ލޯބިވެރިޔާ ރޫޓޭ ކާޑޯސޯއާ، ޕޯޓޯގައި ކައިވެނިކުރިތާ ދެ ހަފްތާ ވީފަހުންނެވެ.
ޖޮޓާގެ ކުއްލި މަރާއެކު، އޭނާގެ އާއިލާއާއި، ލިވަޕޫލް ކްލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ފޮނުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް