ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ކުންފުނިތަކަށް ހިދުމަތް ހުއްޓާލަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ކުންފުނިތަކަށް ހިދުމަތް ހުއްޓާލަން ނިންމައިފި އެވެ.
ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެން ކަމުން އޭޕްރީލް 30 ވަނަ ދުވަހުގެ ކުރިން ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް ވަނީ އަންގާފަ އެވެ.
ބައޯމެޓްރިކްސް އަޕްޑޭޓް ކުރެވިފައިނުވާ ބިދޭސީންގެ ހާލަތު (ވާކް ޕަރމިޓް ސްޓޭޓަސް) އޭޕްރިލް 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި ބުނީ މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ ވަޒީފާދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް