އިރުމަތީ ޔޫރަޕަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
އިރުމަތީ ޔޫރަޕުގެ ގައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 8 މީހަކު މަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އަލްޖަޒީރާއިން ބުނީ ތޫފާން ބޮރިސްގެ ސަބަބުން ކުރަމުންދާ ވިއްސާރައިގައި މެދުތެރެއާއި އިރުމަތީ ޔޫރަޕުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ. މިގޮތުން ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގެ ތެރެއިން، އޮސްޓްރިއާގައި ފެންބޮޑުވެ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަޔާރ ފައިޓަރެއްވެސް ވަނީ މަރުވެފައެވެ.
ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޗެކްރިޕަބްލިކް އަދި ޕޮލެންޑަށެވެ. މީގެ އިތުރުން އޮސްޓްރިއާ އަދި ރުމޭނިއާއަށް ވެސްވަނީ ގެއްލުން ލިބިފައެވެ.
ޕޮލެންޑުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވަނީ ގުދުރަތީ ކާރިސާގެ ހާލަތު އިއްޔެ އިއުލާނުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް