ސަންޑަލޭންޑާ އާސެނަލް ބައްދަލުކުރިމެޗްގެ ތެރެއިން...
ސަންޑަލޭންޑާ އާސެނަލް ބައްދަލުކުރިމެޗްގެ ތެރެއިން...
ކުޅިވަރު 09 Nov 2025 | 03:08

ސަންޑަލޭންޑުން އާސެނަލް ހުއްޓުވައިފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ސީޒަނުގައި މިފަހުން އާސެނަލް ބަލިނުވެ ދަމަހައްޓަމުން އަންނަ އައުން ރޭ ނިމުމަކަށް އަތުވެއްޖެއެވެ.

އާސެނަލް ވަނީ މި ސީޒަނުގައި އެންމެފަހުން އެޓީމް ކުޅުނު 10 މެޗުން ބައިކޮޅަށް ގޯލެއް ނުވަދެ މޮޅުވެފައެވެ. ނަމަވެސް ރޭ ސަންޑަލޭންޑުން ވަނީ އެކަން ނިމުމަކަށް ގެނެސްފައެވެ. ޕްރިމިއާ ލީގްގައި ރޭ ސަންޑަލޭންޑާއި އާސެނަލް ބައްދަލުކުރިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

ސަންޑަލޭންޑުގެ ދަނޑުގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީވެސް އެޓީމުންނެވެ. އެއީ މެޗްގެ 36 ވަނަ މިނެޓް ތެރޭގައި ބަލާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސަންޑަލޭންޑް ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރު، ދެވަނަ ހާފްގެ ކުޅުން ފަށައި މެޗްގެ 54 ވަނަ މިނެޓް ތެރޭގައި އާސެނަލްގެ ބުކާޔޯ ސާކާ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗްގެ 74 ވަނަ މިނެޓް ތެރޭގައި ލިއަންދްރޯ ޓްރޮސާޑް ވަނީ މެޗުން ފުރަތަމަ ފަހަރަށް އާސެނަލަށް ލީޑް ނަގައިދީފައެވެ.

އާސެނަލްގެ ސާކާ ލަނޑެއް ޖެހުމަށްފަހު... ފޮޓޯ: އާސެނަލް

ނަމަވެސް މި ނަތީޖާގައި މާ ގިނަ ވަގުތަކަށް އާސެނަލަކަށް ނޯވެވުނެވެ. މެޗް ނިމުމުގެ ކުރިން އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ސަންޑަލޭންޑްގެ ބްރޮބޭ ވަނީ ލަނޑެއް ޖަހައި މެޗުން މޮޅުވުމަށް އާސެނަލުން ކުރަމުން އައި އުއްމީދުތައް ގެއްލުވާލާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު އެހެނިހެން މެޗްތަކުގެ ނަތީޖާތަކަށް ބަލާއިރު، މެންޗެސްޓަރ ޔުނައިޓެޑާ ސްޕާސް ބައްދަލުކުރިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެވަޓަން އާ ފްލަމް ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކުރިއިރު، ވެސްޓްހޭމްއާ ބާންލީ ބައްދަލުކުރިމެޗް 3-2 ކުން ކާމިޔާބުކުރީ ވެސްޓްހޭމް ޔުނައިޓެޑެވެ. އަދި ޗެލްސީ އާ ވުލްވްސް ބައްދަލުކުރިމެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީއެވެ.

މެޗަށްފަހު ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އަދިވެސް ތާވަލްގެ އެއްވަނާގައި އުޅެނީ އާސެނަލެވެ.

ޕްރިމިއާ ލީގް ތާވަލް

ޕްރިމިއާ ލީގްގައި މިރޭ އެންމެ ފޯރިގަދަވާނީ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. މިމެޗް ކުޅޭނީ ސިޓީގެ ދަނޑުގައި 21:30 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...