އެމްޑީއެންގެ ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާކަމަށް ނިންމައިފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން 2015ވަނަ އަހަރު ނެރުނު "ޕްރެލިމިނަރީ އެސެސްމެންްޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ނިންމައިފިއެވެ.
އެހެންކަމުން އެ ޖަމިއްޔާގެ މައްސަލަ ޔޫތު މިނިސްޓްރީ އަށް ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެމްޑީއެން އިން ނެރުނު ރިޕޯޓަށް ފުލުހުން ހެދި އިނީޝިއަލް އެސެސްމަންޓުން އެ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި، އިސްލާމްދީނާއި ކީރިިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފެންނަކަމަށް ޔޫތު މިނިސްްޓްރީއަށް އަންގާފައިވާނެކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން މި މައްސަލަ ބަލައި ނިމެންދެން ޔޫތު މިނިސްޓްރީން ވަނީ އެ ޖަމްއިއްޔާ ވަގުތީގޮތުން ސަސްޕެންޑްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް