އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް މިއަދު ހަވީރު މުޒާހަރާކުރަނީ
އިންޑިޔާގެ ސިފައިން ހެލިކޮޕްޓަރ ބެލެހެއްޓުމަށް ރާއްޖޭގައި ތިބުމަށް މިއަދު ހަވީރު މުޒާހަރާ ކުރުމަށް ތައްޔާރުވެއްޖެއެވެ.
މިއަދު ހަވީރު 3.45 ހާއިރު މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ކާނިވަލް ސަރަހައްދުގައެވެ.
ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ބާއްވާ މި މުޒާހަރާގައި އިންޑިޔާއާއި ދެމެދު ގާއިމްކުރެވިފައިވާ މިލިޓަރީ އެއްބަސްވުމުގެ ތަފްސީލްތައް ހާމަކުރުމަށް ގޮވާލާނެއެވެ.
އަދި ރާއްޖޭގައި އިންޑިޔާ ސިފައިން އެއްވެސް މިންވަރަކަށް ގާއިމްވެ ތިބުމާއި ދެކޮޅަށް އަޑުއުފުލާނެކަމަށް މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް