އައިޔޫއެމްގެ މަގާމުން ޑރ.ޝަހުނީޒާ އިސްތިއުފާ ދެއްވައިފި
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަމުގެ މަގާމުން ޑރ.މަރިޔަމް ޝަހުނީޒާ ނަޞީރު މަގާމުން އިސްތިއުފާ ދެއްވައިިފިއެވެ.
ޝަހުނީޒާ އެމަގާމަށް އައްޔަންކޮށްފައިވަނީ 2017ވަނަ އަހަރުގައެވެ.
އެކަަމަނާ އަކީ އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ކަރިކިއުލަމް، އިންސްޓްރަކްޝަން، އެންޑް އެސެސްމަންޓް (އަލްޖިބްރާ) ގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވާފައިވާ ފަރާތެކެވެ.
އަދި އިންޓަރނޭޝަނަލް ޖަރނަލް އޮން އެމަރޖިން މެތަމެޓިކްސް އެޑިޔުކޭޝަންގެ ރިވިއުވަރއެކެވެ. އަދި ސްޓެޓިސްޓިކްސް، މެތަމެޓިކްސް، އެންޑް އެކްޗްއޭރިއަލް ސައިންސް ރިވިއުގެ ޗީފް އެޑިޓަރ ވެސްމެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރަށް ގިނަ ދުވަސްތަކެއްވެފައިވާ އިރުގައިވެސް، އައިޔޫއެމްއަށް ޗާންސެލަރަކު އައްޔަންކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް