މާލޭގައި އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެެހިވެފައިވާ މީހުންނަށް ފޯމް ލެވޭ ގޮތް ހަދައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުންނަށްވެސް ގެދޮރުވެރިކަމަށް އެެދެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ މާލޭގައި އެއް އަހަރަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުން, މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަގަރީއަށް ޝަރުތު ފުރިހަމަވާމަމަ އެޕްލައިކުރެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެފަދަ މީހުން އެޕްލިކޭޝަން ހުށައަޅާއިރު "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވި ތާރީހް އަންގައިދޭ ލިޔުން ހުށައަޅަން ޖެހެ އެވެ.
ދިރިއުޅުމަށް ބިން ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިން 1250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ފްލެޓު ދޫކުރުމުގެ ސްކީމުގެ ތެރެއިން ގްރޭޓަރ މާލޭ ސަރަޙައްދުން 7900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް