ހަރަަމައިން ގްރޫޕްގެ އިސްވެރިން ފުުލުހަށް ހާޒިރުކޮށްފި
ހައްޖަށް މީހުން ގެންދިއުމަށް އިތުރަށް ފައިސާ ނަގާ މައްސަލައަކާއި ގުޅިގެން އަލް-ހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕްގެ އިސްވެރިން ފުުލުހަށް ހާޒިރުކޮށްފިއެވެ.
އެފަރާތްތައް ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ އިސްލާމިކް މިނިސްޓްރީން ފުލުހަށް މައްސަލަ ހުށައެޅުމުންނެވެ.
ހަރަމައިން ގްރޫޕުން ބިލްކުރި އަދަދާއި ޚިލާފަށް މީހުން ހައްޖަށް ގެންދިއުމަށް އެއް ލައްކަ ރުފިޔާ ނަގާކަމަށް ބުނާ ވީޑިޔޯއެއް ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ. އެ ވީޑިޔޯގައި އަންހެނުންތަކެއް ވަނީ ހަރަމައިންގެ އޮފީހަށް ގޮސް ބިލްކުރި އަދަދަށްވުރެ ގިނައިން ފައިސާ ނަގައިގެން މީހުންނަށް ހައްޖަަށް ދާން ޖާގަ ހަމަޖެހުނުކަމަށް ބުނެފައެވެ.
އެގޮތުން އެމީހުންނަށްވުރެ މާފަހުން ނަންނޯޓުކުރި މީހުން އެއްލައްކަ ރުފިޔާ ދިނުމުން ޖާގަ ހަމަޖެހުނުކަމަށް ވަނީ ބުނެފައެެވެ. މި ވީޑިޔޯގައި ފެންނަ ގޮތުގައި އެ އަންހެނުން މުޚާތަބުކުރަމުންދަނީ މިހާރު ހަރަަމައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއްކަމުގައިވާ ކުރީގެ ނޫސްވެރިޔާ މުހައްމަދު އަފްޒަލްއަށެވެ.
އެ އަންހެންވެރިން ބުނިގޮތުގައި އެމީހުން އެހެންތަނަކަށް ނުގޮސްތިބީ ހަަރަމައިންއިން އެފަރާތްތަކަށް އުންމީދުތަކެއް ދެމުން ދިއުމުންނެވެ. މިކަމާއި ގުޅިގެން ހަރަމައިން ޖަމާއަތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
ހައްޖަށް މީހުން ގެންދާ ގްރޫޕްތަކުން ބިލްކުރާ އަދަދަކީ އިސްލާމިކް މިނިސްޓްރީއަށް ހުށައަޅާ ބިޑްގައިވާ އަދަދެވެ. ނަމަވެސް މި އަދަދަށްވުރެ ގިނައިން ބައެއް ޖަމާއަތްތަކުން ނަގާކަމަށް އަބަދުވެސް ތުހުމަތުކުރެއެވެ. ހަރްމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީހުން ހައްޖަށް ގެންދިޔުމުގެ ކަންކަން ކުރާނީ 69965 ރުފިޔާ އަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް