އެމެޒޯން ގެ ވެއާހައުސެއްގައި މުއައްޒަފަކު މަސައްކަތް ކުރަނީ-- ފޮޓޯ: އޭޕީ
އެމެޒޯން ގެ ވެއާހައުސެއްގައި މުއައްޒަފަކު މަސައްކަތް ކުރަނީ-- ފޮޓޯ: އޭޕީ
ދުނިޔެ 19 Jun 2024 | 10:00

ލޭބަރ ޤާނޫނާއި ޚިލާފުވުމުން އެމެޒޯންގެ މައްޗަށް 5.9 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

އެމެރިކާގެ ކެލެފޯނިއާގައި ލޭބަރ ޤާނޫނާއި ޚިލާފުވުމުން މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި، އެމެޒޯން 5.9 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ކެލެފޯނިއާ ލޭބަރ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އެމެޒޯން އިން ވަނީ މިދިޔަ މޭ މަހުން ފެށިގެން ވެއާހައުސް ތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ ސަލާމަތާއި ގުޅޭ ގާނޫނާއި ޚިލާފުވެފައެވެ.

އެމެޒޯން ގެ ދެ ފެސިލިޓީއެއް ކެލެފޯނިއާގެ ލޭބަރ ކޮމިޝަނާއިން ތަހުގީގު ކުރިއިރު، މުއައްޒަފުން އެދުވަހަކު ކުރަންޖެހޭ މަސައްކަތްތަކުގެ ނޯޓިސް މުއައްޒަފުންނަށް ނުދީ، އެ ދުވަހެއްގެ ޓާގެޓް ހާސިލް ނުވެއްޖެ ނަމަ ޝަކުވާ ހުށަހަޅާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން މުއައްޒަފުންނަށް ޕްރެޝަރު ބޮޑުވެ، އެކްސިޑެންޓްތަކާއި އަނިޔާތައް ކުރިމަތިވާކަން ވެސް ލޭބަރ ކޮމިޝަނާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ލޭބަރ ގާނޫނާއި ހިލާފުވާ އެތައް ކަމެއް ލޭބަރ ކޮމިޝަނާރ ގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

އެމެރިކާގެ ޕްރައިވެޓް ސެކްޓާގައި ދެވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށްވާ އެމެޒޯން އިން އެކުންފުނީގެ މުއައްޒަފުންނާއި ދޭތެރޭ އަމަލުކުރާ ގޮތުގެ ސަބަބުން މީގެ ކުރިން ވެސް ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް