ޕާސްޓާ ވިތް ޗިކަން
ޖުވޭސްގެ ހެޔޮއެދުންތަކާއެކު.
ބޭނުންވާ ތަކެތި
4 ޖޯޑު ކައްކާފައިހުރި ޕާސްޓާ
1 ޖޯޑުހަނިދިގަށް ކޮށާފައިހުރި ބޯންލެސް ޗިކަން
2 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)
1 ސައިސަމުސާ ބައި ގާނާފައިހުރި އިނގުރު
2 ލޮނުމެދު ( ގާނާފައި)
2/1 ސައިސަމުސާ މުގުރި އަސޭމިރުސް
3 ޓޮމާޓޯ ( ކުދިކޮށް ކޮށާފައި)
1 ރޯމިރުސް ( ކޮށާފައި)
1 ރޯމިރުސް ( ކޮށާފައި)
1 ޖޯޑު ހުންނަހާ ލީކްސް ( ހިމުން ކޮށް ކޮށާފައިހުރި )
1 ޖޯޑު ހުންނަހާ ލީކްސް ( ހިމުން ކޮށް ކޮށާފައިހުރި )
1 ޗިކަން ލއުބް
5 / 1 ސައިސަމުސާ ބޭސިލް
ލޮނުކޮޅެއް
ތެޔޮފޮދެއް
ތައްޔާރުކުރާނެގޮތް
ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ލީކްސް، ކުކުޅުމަސް، އެއްކޮށް އަޅާފައި ހަނާކޮށްލާށެވެ. ދެން ޕާސްޓާ ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި ރޯފިލުމުން ޕާސްޓާކޮޅު އެއްކޮށްފައި ރަނގަޅަށް އެއްވީމާ އުނދުން މަތިން ބާލާށެވެ. ޗިލީ އެން ގާރލިކް ސޯސް އާއި އެއްކޮށް ސާރވް ކުރާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް